01 Aug 2016, 20:19
ތަކުރާރުކޮށް ގޯސް ނިންމުންތަކެއް ނިންމުމުގެ ސަބަބުން ބޮސްނިއާގެ ލައިންސްމަން ލުބޯ މިލިޗެވިޗް އަށް ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ބޮސްނިއަން ޕްރިމިއާ ލީގުގައި ޒެލްޖެސްނިކާ އާއި އޮލިމްޕިކް ސަރައޭވޯ ބައްދަލުކުރި މެޗުގެ ލައިންސްމަން މިލިޗެވިޗް ވަނީ ތަކުރާރުކޮށް ގޯސް ނިންމުންތަކެއް ނިންމައިފައެވެ.
ބޮސްނިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަން ބެލުމަށްފަހު، އެ މެޗުގެ ލައިންސްމަން މިލިޗެވިޗް ވަނީ 18 މެޗަށް ސަސްޕެންޑްކޮށްފައެވެ.
މިލިޗެވިޗަށް ކުރިމަތިލާން ޖެހުނު އެ އަދަބާ ގުޅިގެން އޭނާ އަށް މި އަހަރުގެ އެއްވެސް މެޗެއްގައި މެޗު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެ އެވެ.