ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ދެ ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފި އެެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން އިން ހައި ކޯޓަށް ފަނޑިޔާރުން ހޯދަން މިއަދު އިއުލާން ކޮށްފައިވާއިރު، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މި ހިނގާ އޯގަސްޓު މަހުގެ 14 ވާ އާދީއްތަ ދުވަހުގެ މެންދުރު 2.00 އާ ހަމައަށެވެ.

ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޮމިޝަންގެވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.