19:00


އެކްސިޑެންޓެއް ތަހުގީގު ކުރަމުންދިޔަ ފުލުހުންތަކެއްގެ ކުރިމަތީގައި 16 އަހަރުގެ ކުއްޖަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު ފިލައިފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ހަމަލާދީފައި ވަނީ ރޭ 8:30 ހާއިރު އިމާދުއްދީން ސްކޫލް ކައިރީ ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއް ތަހްގީގުކުރަން ފުލުހުން އެތަނުގެ ތިބި މީހުންނާ ވާހަކަ ދައްކަން ތިބި ވަގުތު ސައިކަލުގައި އެތަނަށް ދިޔަ ދެ މީހަކު ވެގެން ކަމަށެވެ. އަދި އެ ކުއްޖާ އަކީ އެކްސިޑެންޓްވި ސައިކަލުގައި އެވަގުތު އިން ކުއްޖެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެ ކުއްޖާގެ ބުރަކަށްޓައް ތޫނު އެއްޗަކުން ހަމަލާދިން ނަމަވެސް މާ ސީރިއަސް އަނިޔާތަކެއް އޭނާ އަށް ލިބިފައިނުވާ ކަމަށެވެ.


އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.


މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވެސް ވަނީ ސެންޓްރަލް ހޮޓާ ކައިރިން އުމުރުން 26 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފަ އެވެ.