ދެކުނު އިންޑިއާ ކަނޑުގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓްރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ރާއްޖޭގެ ގަޑިން 12:42 ގައި ދެކުނު އިންޑިއާގެ ކަނޑަށް 6.0 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް އެ ބިންހެލުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ބިންހެލުންތައް މޮނީޓާކުރާ ބައެއް ވެބްސައިޓްތަކުން ބުނާގޮތުން ބިން ހެލުން އައިސްފައިވަނީ ދެކުނު އިންޑިއާ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ.