މިނިވަން ދުވަހާ ގުޅިގެން ހުނަރު ދައްކާލުމަށް ބާއްވާ ހެވިކަމާއި ކުޅިވަރު މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވައިފި އެވެ.

މާލޭ ސުކޫލުތަކުގެ ދަރިވަރުންނާއި ލަވަކިޔުންތެރިންނާއި ބޮޑުބެރު ގުރޫޕުތަކުން ހުށަހެޅުންތައް ދައްކާލި އެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީން އާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ހަފްލާގެ ތެރެއިން --- ސަންފޮޓޯ//ފަޔާޒު މޫސާ

މިރޭ ކުޅިވަރުތައް ބަލާލަށް މާ ގިނަ ބަޔަކު ދަނޑަށް ވަދެފައެއް ނުވެ އެވެ. ގަލޮޅު ދަނޑުގެ ގިނަ ސިޑި ބަރިތައް ހުރީ ހުސްކޮށެވެ. ހޯމް މިނިސްޓަރުގެ ނައިބު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިރޭގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ދައުވަތު ދެއްވައިގެން ވަޑައިގެން ބޭފުޅުން ކަމަށެވެ.

މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ހަފްލާގެ ތެރެއިން --- ސަންފޮޓޯ//ފަޔާޒު މޫސާ

މީގެ ކުރިން ވެސް ވަނީ ހެވިކަމާއި ކުޅިވަރުގެ އެއް ޝޯ ބާއްވާފަ އެވެ. އެ ޝޯ ބޭއްވީ އާންމުނަށް ހުޅުވާލައިގެން ކަމަށާއި ނަމަވެސް އެ ޝޯއަށް ވެސް ވެއްދީ ހޯމް މިނިސްޓްރީން ދޫކުރި ފާހެއް ހިފައިގެން ވަޑައިގެންނެވި ބޭފުޅުން ކަމަށް މާޒް ސަލީމް ވިދާޅުވި އެެވެ.