ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރި ޓްވީޓަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މި މަހު 22 ވަނަ ދުވަހު އަލީ ހުސައިން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފިނަމަ އެ މީހެއްގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކޮންމެ މީހަކަށް ވެސް ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މިރޭ އަލީ ހުސައިން ޕޮލިހަށް ހާޒިރުކޮށް ބަޔާނަ ނަގާފައިވާއިރު މީގެކުރިން ވެސް އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވެ އެވެ.

އަލީ ހުސައިންގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތި ކުރި ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ އަލީ ހުސެއިންއަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ މެމްބަރެކެވެ.