ލ. ކައްދޫން ފޮނަދޫއަށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ހޮޅިދަނޑީގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހަވީރު 4:00 އެހައިކަންހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހޮޅިދަނޑީގައި ސައިކަލްޖެހުމާއެކު އޭގައި ތިބި ދެ މީހުން ވެސް މޫދަށް ވެއްޓިފައިވާ ކަމަށެވެ.

ލ. ގަމު ރީޖިނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި، ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އަބްދުއްސަމަދު ސަން އަށް ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަމުގެ މޫނުމަތީގައި ބޮޑެތި ޒަޚަމްތަކެއް އެބަހުރި ކަމަށެވެ. އަދި ދެވަނަ މީހާގެ އަރިކައްޓަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.