30 Jul 2016, 00:04
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީގެ ސަދަގާތު ފައުންޑޭޝަނުން ރަސްފަންނުގައި އާއިލީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މެޑަމް ފާތުންގެ ސަދަގާތު ފައުންޑޭޝަނުން މިއަދު ހެނދުނު ރަސްފަންނުގައި "ފެމިލީ ބްރޭކްފާސްޓް"ގެ ނަމުގައި، ހެނދުނުގެ ނާސްތާއެއް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ. އެ ނާސްތާގައި ގިނަ އަދަދެއްގެ އާއިލާތައް ބައިވެރިވެފައި ވެ އެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މީގެ އިތުރުން މިއަދު ހަވީރު "ފެމެލީ ފަން - ރަސްފަންނު"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ރަސްފަންނުގައި ކުރިޔަށް ގެންގޮސްފައި ވެ އެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
އެގޮތުން ކުދިންގެ ހުނަރު ދައްކާލުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ އިރު، ވޯޓާ ސްލައިޑެއް އެތަނުގައި ބެހެއްޓުމުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތަކެއް ވެސް އެސަރަހައްދުގައި ކުރިޔަށް ދިޔަކަން ފާހަގަ ކޮށްލެވެ އެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ކުންފުނިތަކުން ހެދި ފުޅަނދުތައް އެސަރަހައްދުގައި ބަހައްޓާފައި ހުރި އިރު، އެ ފުޅަނދުތަކަށް އެރުމުގެ ފުރުސަތާއި، ކާޓޫން ކެރެކްޓަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުޅުވާލެވުނެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
އަދި ހަމަ އެއާއި އެކު އެސަރަހައްދުގައި ބާބަކިއުއެއްވެސް ކުރިޔަށް ގެންގޮސްފައި ވެ އެވެ.
މިރޭ މެންދަމު 12 ޖަހަންދެން ކުރިޔަށް ދާ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް މެޑަމް ފާތިމަތު އިބްރާހިމް ނިންމަވާފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.

ރަސްފަންނުގައި 29 ޖުލައި 2016ގައި ބޭއްވި ފެމެލީ ފަން - ރަސްފަންނުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ