29 Jul 2016, 23:45
ކ. ދިއްފުށި ކައިރިއަށް މޫދަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ އުމުރުން 24 އަހަރުގެ އެ ދިވެހި ފިރިހެން މީހާ މަރުވިކަން ޑޮކްޓަރު ޔަގީންކޮށްދީފައި ވަނީ ހަވީރު 3:55 ގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޒުވާނާ މަރުވީ ކީއްވެގެންކަމެއް އަދި ސާފުނުވާ ކަމަށެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް ހުސައިން ޝަހުނީޒް ސަން އަށް ވިދާޅުވީ އޭނާ މަރުވީ އެރަށު ތުނޑީކޮޅަށް މޫދަށް ގޮސް އުޅެނިކޮށް ކަމަށާއި އެ ހާދިސާ ހިނގީ މިއަދު މެންދުރުފަހު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.