ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި މިރޭ ހައްޔަރުކޮށްފައިވަނީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކާސް ޖަލީލް) އެވެ.

ފުލުހުންގެ ތަރުޖަމާނު މިރޭ "ސަން" އަށް ވިދާޅުވީ، ޝައްމޫން ހައްޔަރުކޮށްފައި ވަނީ އޭނާއާ އިތުރު ބަޔަކު ގުޅިގެން، ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައޔްިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 10:30 ހާ އިރު އެވެ.