ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާތަކެއްގެ މައްސަލައެއް ފެންމަތިވެ، ފައިސާތަކާ ހަވާލުވެގެން ހުރި ފުލުހަކާ ސުވާލުކޮށް ތަހުގީގު ކުރަންފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހަފްތާގައި ފެންމަތިވި، ޓޯޔާޑުގައި ހުރި އެ ފައިސާތަކުގެ އަދަދު ދިމާނުވުމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަންފަށާފައިވާ ކަމަށެވެ. އަދި މައްސަލަ އާ ގުޅިގެން ޓޯޔާޑުގެ ފައިސާތަކާ ހަވާލުވެގެން ހުރި އިސް ފުލުހަކާ ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އޭނާ އަށް ވަޒީފާ އަށް ނުކުމެވޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ޔަގީނެއް ނުކޮށްދެ އެވެ.