ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ރާއްޖޭގައި ނޫސްވެރިކަން ކުރި ދެ ބިދޭސީން އިމިގްރޭޝަން ގާނޫނާ ޚިލާފުވެފައި ވާތީ، އެ ދެ މީހުން ރާއްޖެއިން ޑީޕޯޓު ކޮށްލައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކައިރީގައި ބާއްވަމުން ދިޔަ ޖަލްސާ ކަވަރުކުރުމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރި ވަނިކޮށް، މައުލޫމާތު ސާފުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އަލްވޭރާ ސްޗެސިން ނަމަކަށް ކިޔާ ޕޮލެންޑް އަންހެނަކާއި ފްރެންޗެސްކޯ ނަމަކަށް ކިޔާ އިޓަލީއަށް ނިސްބަތްވާ ފިރިހެނެކެވެ. މި ދެ މީހުންގެ އަތުގައި ޔޫރަޕިއަން ޖާނަލިސްޓް ލެޖިޓިމޭޝަންގެ ޕްރެސް ކާޑު ވެސް ހުރި ކަމަށް 'ސަން' އަށް ވަނީ އެނގިފަ އެވެ.

ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ ރާއްޖޭގައި ނޫސްވެރިކަން ކުރަމުން ދިއަކަން އެނގުނު ހިސާބުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އިއްޔެ ކޯޓަށް ހާޒިރު ކޮށްފައި ވެ އެވެ.

އެހެން ނަމަވެސް ކޯޓުން ވަނީ އެ އެވެ.

ކޯޓުން އެ މީހުން ދޫކޮށްލުމުން، ފުލުހުން ވަނީ އެ ދެމީހުން އިމިގްރޭޝަން ޑިޕާޓްމެންޓާ އިއްޔެ ހަވާލު ކޮށްފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ފުލުހުން އިމިގްރޭޝަނާ އިއްޔެ ހަވާލުކުރި ދެ މީހުން ރޭގެ ވަގުތެއްގައި، ވަކި މުއްދަތަކަށް އެނބުރި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލާފައިވާ ކަމަށެވެ.

އިމިގްރޭޝަން ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ މީހުންނަކީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތެއް ނެތި އަދި އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއްކުރުމުގެ ނިޔަތެއް ނެތި ހަމައެކަނި ރާއްޖެ އަންނަ ބިދޭސީއަކަށް ދެވޭ ވިސާއެއް ކަމަށެވެ.

އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.