29 Jul 2016, 14:00
ކޮންމެ ހަފްތާއެއްގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާދުއާކުރުމުގެ ހަރަކާތްކުރިއަށްދަނިކޮށް އެކަން ހުއްޓުވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމީ މަރުކަޒު ކައިރިން ޖުމްލަ ހަތް މީހަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ އެންމެން ހައްޔަރުކުރީ އެއްވުން މަނާ ސަރަހައްދަކަށް އެއްވެއުޅެނިކޮށް އެ ސަރަހައްދު ދޫކޮށްދާން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.