28 Jul 2016, 23:59
އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަރމާޓްގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަރމާޓްގެ އަހަރީ ދުވަހަކީ ޖުލައިމަހުގެ 25 ވަނަ ދުވަހެވެ. އެގޮތުން މިއަހަރުގެ ޖުލައި 25 އަކީ ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާޓްގެ 25 ވަނަ އަހަރީ ދުވަހެވެ.

25 ދުވަހުގެ މުއްދަތަކަށް މިޕްރޮމޯޝަން ކުރިއަށްދާނެ -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ސުޕަރމާޓްގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، 25 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާއިރި، އެ މުއްދަތުގައި ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ކައުންޓަރަކުން 25 ވަނަ ކަސްޓަމަރު ހޮވައި ހާއްސަ ހަދިޔާއެއް ދޭގޮތަށް ވަނީ ހަމަޖެހިފައި - ފޮޓޯ: އެސްޓީއޯ
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު، ސުޕަރމާޓްގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން އެތަނުން ވިޔަފާރި ކުރާ ބޭފުޅުންގެ ތެރެއިން ކޮންމެ ކައުންޓަރަކުން ކޮންމެ 25 ވަނަ ކަސްޓަމަރެއް ހޮވައި އެބޭފުޅަކަށް ސުޕަރމާޓްގެ ބްރޭންޑްތައް ހިމެނޭގޮތަށް ތަފާތު ހަދިޔާ ތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ސުޕަރމާޓްގެ ރިހިޔޫބީލް ޕްރޮމޯޝަން އޯގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތުގައި ސުޕަމާޓަށް ޒިޔާރަތްކުރާ ކުޑަކުދިންނަށްވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނޭ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.