ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ހއ. އަތޮޅު ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ހއ. އުތީމުން ކުޑަކުއްޖަކާ ބެހިގެން މި މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އުތީމުން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގެ ތުހުމަތު ކުރެވޭ އެހެން މީހަކު މިއަދު ހއ. ހޯރަފުށިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.