ބޮޑު ތަކުރުފާނު މަގު ފަތާ ޓްރެކް ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ދުއްވަން އިންމީހާގެ ބޮލަށް ޒަހަމްތަކެއް ލިބިގެން ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިރޭ 11:00 އެހާއިރު ބާރު ސްޕީޑުގައި "ނުރައްކާތެރިކޮށް" ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި އިން ޒުވާނެއްގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ބޮޑު ތަކުރުފާނު މަގު ފަތާ ޓްރެކް ސަރަހައްދުގައި ހިނގި އެކްސިޑެންޓް: ބާރަށް ސައިކަލު ދުއްވި މީހާގެ ބޮލަށް ވަނީ ގެއްލުންތަކެއް ލިބިފައި -- ފޮޓޯ//ކިޔުންތެރިއެއް

މިހާރު އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމާށާއި އޭނާ އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 'ސަން' އަށް ލިބިފައިވާ ފޮޓޯތަަކުގައި އެކްސިޑެންޓުގައި ބޮލަށް ޒަހަމްވި މީހާގެ ބޮލުން ލޭ ފައިބާތަން ފެންނަން ހުއްޓެވެ.

ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނު ސައިކަލުގައި އިން މީހަކަށް ކޮންމެ ވެސް ވަރަކަށް ހާނިކަތަކެއް ވަނީ ވެފަ އެވެ.