27 Jul 2016, 11:40
ކުޑަ އަންހެން ކުއްޖަކު "ބުލެކް މެއިލް" ކޮށް އެކުއްޖާއާއި ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު އދ. އަތޮޅު ރަށަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި 20 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖިންސީ ޝިކާރައަކަށްވި 15 އަހަރުގެ އަންހެން ކުއްޖާގެ އާއިލާ މެމްބަރަކު ސަން އަށް ކިޔައިދިން ގޮތުގައި އެކުއްޖާއާއި މެދު އެދެފިރިހެނުން ޖިންސީ ގުޅުން ހިންގާފައިވަނީ އެކުއްޖާގައިގަ ގަދަކަމުން އަތްލައި ފޮޓޯތަކެއް ނެގުމަށްފަހު ބުލެކް މެއިލްކޮށްގެން ކަމަށެވެ.
އެފޮޓޯތައް ޑިލީޓްކުރުމަށް ވާހަކަ ދެއްކުމަށްކަމަށް ބުނެ މީހުން ނޫޅޭ ގެއަކަށް އެކުޑަ އަންހެން ކުއްޖާ ގެންގޮސް އެކުއްޖާއާއި ގަދަކަމުން އެދެފިރިހެނުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.