27 Jul 2016, 00:13
މިނިވަން ދުވަހުގެ މުނާއްސަބަތުގައި ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިންނަށާއި ބޭރުގެ ސަފީރުންނަށް ޖާފަތެއް ދެއްވައިފި އެވެ.
ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެޖާފަތް މިއަހަރު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ މާބްލް ޖެހި ސަރަހައްދުގަ އެވެ. ޖާފަތުގައި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިވަން ދުވަހުގެ މުނާއްސަބަތުގައި ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދެއްވި ޖާފަތުގެ ތެރެއިން --ފޮޓޯ// ރައީސް އޮފީސް
ޖާފަތަށް ވަޑައިގެން މީހުންނައިގެން މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ. ޖާފަތުގައި ބައިވެރިވެ ވަޑައިގެން އިތުރު ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންވެސް ހިމެނި ވަޑައިގަންނަވަ އެވެ.
އޭގެއިތުރުން ސްޓޭޓު މިނިސްޓަރުންގެ އިތުރުން އިސް ބައެއް މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ފުލުހުންނާއި ސިފައިންވެސް މިނިވަން ދުވަހުގެ ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ޖާފަތުގެ ބައިވެރިވެ ވަޑައިގެން ބޭފުޅުންނާ ރައީސް ޔާމީން ވަކިވަކިން ބައްދަލުކުރައްވައި ދުވަހުގެ ތަހުނިޔާ ވަނީ އަރިސްކޮށްފަ އެވެ.

މިނިވަން ދުވަހުގެ މުނާއްސަބަތުގައި ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދެއްވި ޖާފަތުގެ ތެރެއިން --ފޮޓޯ// ރައީސް އޮފީސް
މިނިދުވަހުގެ ޖާފަތް މިފަހަރުވެސް ތައްޔާރުކޮށްފައިވަނީ ނިއުޕޯޓް ރެސްޓޯރެންޓުންނެވެ. ޖާފަތުގައި 3000 ފަރާތުން ބައިވެރިވާނެ ކަމަށް މީގެ ކުރިން ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. ޖާފަތަށް ހަރަދުވާނީ 3000 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 80 ރުފިޔާ ހަރަދުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.