26 Jul 2016, 21:31
މުދާ އުފުލުމަށް ބޭނުންކުރާ ލޭންޑިން ކްރާފްޓެއް ދ.އަތޮޅުން ފުރަައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނުގެ ހޮޅިއެއް ފަޅައިގެން ގޮސްގެން އޮޔާދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް މިރޭ ވިދާޅުވީ އެލްޕީޕީ ބަރަކާތު ކަހާޔާ މަންދިރި ނަމަކަށް ކިޔާ އެ ލޭންޑިންގް ކްރާފްޓްގެ އިންޖީނުގެ ހޮޅި ފަޅައިގެން ދިޔައީ ތިލަފުއްޓާ ގިރާވަރާ ދޭތެރޭން ވަންނަން އުޅެނިކޮށް ކަމަށެވެ.
ހޮޅި ފަޅައިގެން ގޮސް އިންޖީނު ހުއްޓުމުގެ ސަބަބުން ކުރާފްޓު އޮޔާދާ ކަމަށް ފުލުހުން ބުންޏެވެ. އޮޔާ ދަނީ ތިލަފުށީގެ ފަރާ ދިމާލަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
މުދަލާ އެއްކޮށް އޮޔާދާ އެ ލޭންޑިންގް ކްރާފްޓް ކަފުޖަހައިގެން މާލެ ގެންނާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.