ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މުހައްބަ ތޭން" ގައި ނެގަޓިވް ރޯލު ކުޅޭ އެކްޓްރެސް، އަނީތާ ހަސަނަން ދާނީ (ޝަގުން އަރޯރާ) އާ ބައްދަލުކުރަން ބޭނުންވާ މީހުން މިއަދު ރަސްފަންނަށް އައުމަށް އޭނާ ދައުވަތު ދިނެވެ.

އޭނާގެ އިންސްޓަގްރަމް އެކައުންޓް މެދުވެރިކޮށް އޭނާ އިއްޔެ ދިން ދައުވަތު އެތައް ބަޔަކު ގަބޫލު ކުރި އެވެ. މުޅި ރަސްފަންނު ފުރާލި އެވެ. ހަގީގަތުގައި މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ރަސްފަންނަށް އޭނާ ގެނުވީ ބޮޑު އީދެކެވެ.

26 ޖުލައި 2016: ރަސްފަންނު ސަރަހައްދަށް މިއަދު އެއްވެފައި ތިބި ގިނަ އަދަދެއްގެ މީހުންނަށް އަނީތާ ހަނާއަޅަނީ: އޭނާއަށް ސަޕޯޓުކުރާ އެތައް ސަތޭކަ ބަޔަކު ރަސްފަންނަށް މިއަދު ޖަމާވެ އަތީނާއެކު ފޮޓޯނަގައި ހެދި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިރިމީހާ ރޯހިތު ރެޑީއާއެކު ރާއްޖޭގެ ހުދުރަންފުށީގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އަނީތާއާ ބައްދަލުކުރަން އެތައް ބަޔަކު ރަސްފަންނު ސަރަހައްދަށް ޖަމާވިއިރު، މުޅި ސަރަހައްދު އޮތީ ތޮއްޖެހިފަ އެވެ. ސެލްފީ ނަގަން އެތައް ބަޔަކަށް އޭނާ ފުރުސަތު ދިން އިރު، ވަކި ހިސާބަކުން ފިރިމީހާ ރޯހިތުގެ ކޮނޑަށް އަރައިގެން ވެސް ފޮޓޯ ނެގި އެވެ.

އޭނާއަށް ކުޑަކޮށް ވެސް ހަމަނޭވާއެއް ލެވުނީ ރަސްފަންނުގައި ހަދާފައި ހުންނަ ހަޓު މައްޗަށް އެރުމުންނެވެ. ނަމަވެސް އޭނާ ދިން ދައުވަތު ގަބޫލުކޮށް އެތައް ބަޔަކު އައިސް ހީނުކުރާ ފަދަ ތަރުހީބެއް ދިވެހިންގެ ފަރާތުން ލިބުމުން އޭނާ ހުރީ އުފާވެފަ އެވެ.

26 ޖުލައި 2016: ސަޕޯޓަރުންނާއެކު ފޮޓޯ ނެގުމަށް އަނީތާ އޭނާގެ ފިރިމީހާގެ ކޮނޑަށް އަރާ: އެތައް ސަތޭކަ ބަޔަކު ވަނީ އަނިތާ ދެކިލުމަށް ރަސްފަންނަށް ޖަމާވެފައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސޯޝަލް މީޑިއާއާ ރައްޓެހި އަނީތާ އޭނާ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ފޭނުންނާ ހިއްސާކުރަމުންދާއިރު، މިއަދު ރަސްފަންނުގައި ހޭދަކުރިއިރުގެ ފޮޓޯތަކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ނަމަވެސް އަނީތާގެ ފިރިމީހާ ރޯހިތު ވަނީ އޭނާގެ އިންސްޓަގުރަމް އެކައުންޓުގައި ރާއްޖެ ދެކެ އޭނާ ލޯބިވާ ކަމަށް ބުނެ އެއްވެފައި ތިބި އާއްމުންނާއެކު އޭނާއާ އަނީތާއާއެކު ނަގާފައިވާ ސެލްފީއެއް ފޭނުންނާ ހިއްސާކޮށްފަ އެވެ.

Over 4000 people turned up to meet us! Wow! So much love!!! We love u Maldives!!!!

A photo posted by Rohit Reddy (@rohitreddygoa) on