24 May 2011, 21:39
ކުޑައަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލުގެ ގޭ ބަންދު މުއްދަތަށް އިތުރު 15 ދުވަސް މިރޭ ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
މިރޭ އާދިލްގެ ގޭބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވަނީ، ކުރިން ގޭ ބަންދު މުއްދަތަށް ޖަހައިދިން 10 ދުވަހުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން އެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުމުންނެވެ.
ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވަނީ އާދިލް ބަންދުން ދޫކޮށްލައިފި ނަމަ ހެކި ފޮރުވަން މަސައްކަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރު އާދިލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
އާދިލްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަަހަރަށް ކޯޓުން އިތުރުކޮށްފައިވާ އިރު އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހެޅުމް މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޝަރީއަތަށް ފޮނުވައިފަ އެވެ.