26 Jul 2016, 16:36
މިނިވަން ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަކާ އެކު ދިރާގުން އަގުބޮޑު ހަދިޔާތަކެއް ދިނުމަށް ނިންމައިފި އެވެ.
ދިރާގުން މިއަދު ބުނީ އިންސްޓަގްރާމްގައި މިނިވަން ދުވަހާ ގުޅުން ހުރި ކޮންމެވެސް ފޮޓޯއެއް ޕޯސްޓްކޮށްގެން ހޮވޭ ދެ ބޭފުޅަކަށް އެޕަލްގެ އެންމެ ފަހު އައިފޯން އެސްއީ އެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެ ނިޔަކަށް އިންސްޓަގުރާމުގައި ޕޯސްޓްކުރާ ފޮޓޯއެއްގައި July26withDhiraagu# މި ހޭޝްޓެގް ހިމެނުމާ އެކު ދިރާގުގެ އެކައުންޓް @Dhiraagu ޓެގް ކުރުމުން ޕުރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އެންމެ ގިނަ 'ލައިކް' ލިބޭ ފޮޓޯ، އަދި ދިރާގުގެ ޖަޖުންގެ ޕެނަލަކުން ނިންމަވާ އެންމެ ރީތި އަދި މުނާސަބަތާ ގުޅުން ހުރި ފޮޓޯ ޕޯސްޓްކުރައްވާ ދެ ފަރާތަށް އެފޯން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން މިނިވަން ދުވަހާ ގުޅިގެން ދެން ކުރިޔަށް ގެންދަވާ ޕްރޮމޯޝަންގައި ދިރާގުގެ ކޮންމެ ސޯޝަލް މީޑިއާއަކަށް ކޮމެންޓްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 51 ފަރާތަކަށް، އެއިން ކޮންމެ ފަރާތަކަށް 10ޖީބީގެ ޑޭޓާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.