26 Jul 2016, 13:15
އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިޔާޒު އާއި ސުވާލުކުރުމަށް މާދަމާ ރޭ 21:00 އަށް ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް ޗިޓްފޮނުވާފައެވެ.
އިޔާޒު މިއަދު ސަން އަށް ވިދާޅުވީ އޭނާއަށް އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހާޒިރުވުމަށް ކަމަށާއި ކޮން މައްސަލައެއްކަން ނޭންގޭ ކަމަށެވެ.
"ވަރަށް ވިސްނައިފިން ކޮން މައްސަލައެއްކަމެއް ނޭންގުނު،" އިޔާސް ވިދާޅުވިއެވެ.
އޭނާ ހާޒިރުކުރާ ސަބަބަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކިވަކި ފަރުދުން ފުލުހުންގެ އިދާރާއަށް ހަޒީރުކުރާ ހާމަކުރެވެން ނޯންނަ ކަމަށެވެ.