ޓޯކިޔޯ (ޖުލައި 26) : ޖަޕާނުގެ ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒަކަށް މީހަކު ވަޅިއެއް ހިފައިގެންވަދެ ވަޅިން ހަމަލާދީ އެތަނުގައިތިބި މީހުންގެ ތެރެއިން 19 މީހުން މަރާލައި ސާޅީހަށްވުރެ ގިނަމީހުން ޒަޚަމް ކޮށްލައިފި އެވެ.

ޖަޕާނުގެ ފުލުހުން ބުނީ މިހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ބޭނުންވީ ނުކުޅެދޭ މީހުންތައް މަރާލައި ނުކުޅެދޭ މީހުން ނެތްގައުމަކަށް ޖަޕާން ހެދުންކަމުގަ އެވެ. ޖަޕާނުގެ ކިޔުޑޯ ނޫސް އެޖެންސީ ބުނާ ގޮތުން ވަޅި ހިފައިގެން ހުރިމީހާ ވަޅިން ހަމަލާދީ 10 މީހުން މަރާލައި 45 މީހުން ޒަޚަމްކޮށްލި އިރު ވެސް އޭނާ ހިފަހައްޓައި އޭނާ ހިންގި ޖަރީމާތައް ނުހުއްޓުވުމަކީ ބޮޑު މައްސަލައެއްކަމަށާއި ނުކުޅެދޭ މީހުންގެ މަރުކަޒު ބަލަހައްޓާ އިދާރާ އިން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެކަމުގަ އެވެ.

ވަޅިން ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔައީ ވެސް އެ ހުރިހާ ޖަރީމާތަކެއް ހިންގުމަށް ފަހު އެމީހާ އަމިއްލައަށް ފުލުހުންނާ އޭނާގެ ނަސްފު ހަވާލުކުރުމުން ކަމަށް ވެސް ކިޔުޑޯ ނޫސް އެޖެންސީ ބުނެ އެވެ. އަމިއްލަ ނަފްސު ފުލުހުންނާ ހަވާލުކުރުމަށް ފަހު އެމީހާ ވަނީ ނުކުޅެދޭ މީހުންނާ ދެކޮޅަށް އޭނާ ހިންގި ޖަރީމާތަކަށް އެއްބަސްވެ އަމިއްލައަށް އިޢުތިރާފް ވެފަ އެވެ.

މިއީ ނުކުޅެދޭ މީހުންގެ މަރުކަޒަކަށްވަދެ އެމީހުންނާ ދެކޮޅަށް ހިންގި ގަތްލުއާންމެއް ކަމަށް ޖަޕާން ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ. ނުކުޅެދޭ މީހުން ބަލަހައްޓާ މި މަރުކަޒު ހުންނަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ހުޅުނގުގައިވާ ކަނާގްވާ ޕްރޮވިންސްގެ ސަގަމީރާ ސަރަހައްދު ގަ އެވެ. ހަމަލާދިން މުޖްރިމަކީ އުމުރުން ވިހި އަހަރުގެ މީހެއްކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)