25 Jul 2016, 16:49
އިއްޒުއްދީން ފާލަން ކުރިމަތިން އޮންނަ ނެރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން އޮންނަ ހަތަރު ނަމްބަރު ޖެޓީއާ ދިމާލުން އޮންނަ ނެރު، އާންމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް މިރެ އާއި މާދަމާރޭ ބަންދު ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަން އޮންނާނީ، އިއްޒުއްދީން ފާލަމާ ދިމާއަށް އޮންނަ ނެރާއި ހަތަރު ނަމްބަރު ޖެޓީއާ ދިމާލަށް އޮންނަ ނެރު މިރޭ 8:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ބަންދުވާނެ ކަމަށެވެ.
އަދި މާދަމާ ރޭ މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަން ހަމަޖެހިފައިވާތީ، މާދަމާ ރޭ 7:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން ވެސް އެ ދެ ނެރު ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒު ވަށައިގެންވާ ބޮޑު ސަރަހައްދެއް ބަންދު ކުރެވޭނެ އެވެ.