މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލްއަށް އަންގާވެސް ނުލާ އޭނާގެ 9 ނަންބަރު ޖާރޒީ، ޔުނައިޓެޑަށް އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗަށް ދިން މައްސަލަ ހޫނުވެއްޖެއެވެ.

ފްރާންސްގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި، ޕީއެސްޖީގެ ކުރީގެ ފޯވާޑް އިބްރަހިމޮވިޗަށް ޔުނައިޓެޑްގެ 9 ނަމްބަރު ޖާޒީ ދީފައިވަނީ، މިދިޔަ ސީޒަންގައި އެ ޖާޒީގައި ކުޅުނު ޒުވާން ފޯވާޑް މާޝިއަލްއާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި، އަދި އޭނާއަށް އަންގާވެސް ނުލައެވެ. މި ސީޒަންގައި އޭނާއަށް ދިނުމަށް ނިންމާފައި ވަނީ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 11އެވެ.

ޖާރޒީގެ މައްސަލައިގައި ފާޅުގައި އެއްޗެއް ނުބުނި ނަމަވެސް މާޝިއަލް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފްރާންސްގެ މީޑިއާތަކުން ހަބަރު ފަތުރާގޮގައި، ޖާޒީ ނަމްބަރުގެ މައްސަލައިގައި އައި ރުޅީގައި މާޝިއަލް ވަނީ ޔުނައިޓެޑްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފޮލޯކުރުންވެސް ހުއްޓާލައިފައެވެ.

އެންތަނީ މާޝިއަލް: އޭނާގެ އަމިއްލަ ބްރޭންޑް ނަމެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ "އޭއެމް9" --

ޖާރޒީ ނަންބަރުގެ މައްސަލައިގައި މާޝިއަލް ރުޅިއަންނަން ޖެހޭ ސަބަބެއްވެސް އެބަ އޮތެވެ. އުމުރުން 20 އަހަރުގެ ފޯވާޑް ވަނީ އޭނާގެ އަމިއްލަ އާ ބްރޭންޑް ނަމެއްގެ ގޮތުގައި ''AM9'' ބޭނުންކުރާން ފަށައިފައެވެ.

މާޝިއަލްއާ މަޝްވަރާކުރުމެއް ނެތި އޭނާގެ ސްކޮޑް ނަންބަރު އެހެން ކުޅުންތެރިއަކަށް ދީފައިވާ ވާހަކަތަކަކީ ތެދެއްކަމަށް ވާނަމަ އެއީ، ޔުނައިޓެޑުން އަމިއްލައަކަށް ކުރިމަތިކުރި ބޮލުގެ ރިހުމެއްގެ މީޑިއާތަކުން ސިފަކޮށްފައި ވެއެވެ. އަދި އެކަމުގެ ފައިދާ ނަގައި، މިހާރު ހިނގަމުންދާ ޓްރާންސްފަރގައި އާސެނަލްއާއި ޕީއެސްޖީން މާޝިއަލްގެ ސޮއި ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.