03 May 2010, 10:20
14:30
ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތަކީ ޕާމަނަންޓް ސެކްރެޓްރީން އަދާކުރާ މަސްއޫލިއްޔަތެއް ނޫން ކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ އެގޮތަށް ހަމަޖެއްސީ މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ "ޒިންމާދާރު ވެރިޔާ" ގެ މަސްއޫލިއްޔަތުތައް އެއީ މަޤާމުގެ ހައިސިއްޔަތުން ޕާމަނަންޓް ސެކްރެޓްރީ އަދާކުރައްވާ ޒިންމާއެއްގެ ގޮތުގައި އޮތުމުން ސަރުކާރުގެ ބައެއް އިދާރަތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެކޮމިޝަނަށް ފާހަގަކުރެވިގެން ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރ މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ މާލިއްޔަތު ޤާނޫނުގެ ދަށުން ޒިންމާރުގެ ވެރިޔާގެ މަސްއޫލިއްޔަތުތައް ޕާމަނަންޓް ސެކްރެޓްރީންގެ މަސްއީލިއްޔަތުގެ ތެރޭގައި ހިމެނުމަށް ކުރިން އެކޮމިޝަނާއި ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ހަމަޖައްސާފައި ވީނަމަވެސް ފިނޭންސް މިނިސްޓްރީ އެ ކަންތައް ޤާނޫނީ ގޮތުން ހަމަޖައްސާފައިނުވާ ކަމަށެވެ. އަދި ޕާމަނަންޓް ސެކްރެޓްރީންގެ ސިދާ ބެލުމުގެ ދަށުން ސަރުކާރުގެ ބަޖެޓްގެ ކަންތައް ކުރިއަށްދަނީ ހަމަތަކާއި އުސޫލުތަކާ އެގޮތަށްތޯ ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެމީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނި ނަމަވެސް، މިހާރު ބަޖެޓްގެ ކަންތައްތައް ޕާމަނަންޓް ސެކްރެޓްރީންނާ ނުބައްސައި ކުރިއަށް ގެންދާނެ ގޮތެއް ހަމަޖައްސާފައިވާތީ އެކަންތައް އެގޮތަށް ހަމަޖެއްސީ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.