24 Jul 2016, 13:19
މަގްބޫލް މަންޒިލްތަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ފަތުރުވެރިންގެ ބަޖެޓް ލިސްޓުގައި ރާއްޖެ ނުހިމެނި ނުދާނެ އެވެ. މި ރާއްޖެއަށް އައުމަށްފަހު، ދެ ވަނަ ފަހަރަށް އަންނަން ބޭނުންވާނެ އެވެ. އެކަން ގިނަ ފަހަރު ވެފައިވެސް ވަނީ އެހެންނެވެ.
މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލަން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހަ ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި އޭނާ ހޭދަކުރި ޗުއްޓީ އަށްފަހު، އަދިވެސް އޭނާ ރާއްޖެ އައުމަށް އެދެއެވެ.
ކުރިއަށް އޮތް ފިލްމު، "އަކިރާ" ޕްރޮމޯޓްކުރުމުގައި ބުރަކޮށް އުޅޭ ސޮނާކްޝީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުގައި އިއްޔެ ވަނީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރި އިރުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
Saturday state of mind!#wishfulthinking#maldives#takemebackpic.twitter.com/piABRYDvXa
— AKIRA/Sonakshi Sinha (@sonakshisinha)July 23, 2016
ފޯ ސީޒަންސް ރިސޯޓުން ހިންގާ ލަނޑާގިރާވަރު ރިސޯޓް ޓެގްކޮށް އިއްޔެ ސޮނާކްޝީގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެންނަނީ މޫދުގައި އޭނާ އުޅެނިކޮށެވެ.
ހޮނިހިރު ދުވަހުގެ ބުއްދީގެ ހާލަތު ކަމަށް ބުނެ ހިއްސާކޮށްފައިވާ އެ ޕޯސްޓުގައި ބުއްދީގެ ހާލަތާއި ރާއްޖެ އަދި އަނބުރާ ގެންދިއުމަށް ހޭޝްޓެގް ކޮށްފައިވެ އެވެ.
"އަކިރާ" އަކީ އާމިރް ހާން ލީޑް ރޯލް ކުޅުނު "ގަޖްނީ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން އޭ އާރް މުރްގަދޮސްގެ ޑައިރެކްޝަނެކެވެ. ސޮނާކްޝީ ޓައިޓްލް ރޯލް ކުޅޭ އެކްޝަން ޑްރާމާ "އަކިރާ" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ.