ކާބުލް (ޖުލައި 24): އަފްޣާނިސްތާނުގެ ހަޒާރާ ދަރިކޮޅަށް ނިސްބަތްވާ ބަޔަކު ގައުމުގެ ވެރިރަށް ކާބުލްގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ދެ ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި އެވެ.

މީގެ ކުރިން ވެސް ހަޒާރާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އިއްޔެ ދިން ހަމަލާގެ ޒިންމާ ނަގައިފަ އެވެ.

"އިސްލާމިކް ސްޓޭޓުގެ ދެ ހަނގުރާމަވެރިން ވަނީ އަފްގާނިސްތާނުގެ ކާބުލްގައި އޮތް ޝީޢީންގެ އެއްވުމެއްގައި ގޮވާ ތަކެތި ހަރުކޮށްފައިވާ ކަމަރެއް ގޮއްވާލާފައި،" އައިއެސްއާ ގުޅުން ހުރި ނޫސް އޭޖެންސީ، އަމާގް އިން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.

އިއްޔެ ހަޒާރާ ދަރިކޮޅުގެ މީހުން މުޒާހަރާ ކުރަމުން ދިޔައީ އަފްގާނިސްތާނުގައި އަޅާ 500 ކިލޯ ވޯލްޓުގެ ކަރަންޓު ލައިނެއް ހަޒާރާއިން ދިރިއުޅޭ ބާމިޔާން ޕްރޮވިންސު ނުހިމެނޭ ގޮތަށް އަޅަން އަފްގާނިސްތާނުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އިއްޔެ އައިއެސް އިން ދިން ހަމަލާއަކީ އެޖަމާއަތުން ކާބުލްގައި ދިން ފުރަތަމަ ބޮމުގެ ހަމަލާ އެވެ. އަދި އެއީ އެޖަމާއަތުން އެގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާވެސްމެ އެވެ.

އެހަމަލާއާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ ހަމަލާގެ ބަދަލު ހިއްޕަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި މިއަދަކީ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ހިތާމަ ފާޅު ކުރުމުގެ ދުވަހެއް ކަމަށް އިއުލާން ކުރައ(އަލްޖަޒީރާ)