މާލެ އަތޮޅު ފިހާޅޮހި ރިސޯޓު ކައިރި ދޯންޏެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަލިފާންގަނޑު ނިވާލައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު 'ސަން' އަށް ވިދާޅުވީ މިރޭ 6:40 ހާއިރު ފިހާޅޮހި ރިސޯޓު ކައިރިން ދޯންޏެއްގައި ރޯވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ އަލިފާން ގަނޑު ނިވާލާފައިވާ ކަމަށް އަދުނާނު ވިދާޅުވި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށްވެސް އަދުނާނު ވިދާޅުވި އެވެ.

ދޯންޏަށް ވީގެއްލުން އަދި ބުނެދޭން ނޭންގޭކަން ފާހަގަކޮށް އަދުނާނު ވިދާޅުވޫ އެއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއްވެސް ނޭންގޭ ކަމަށެވެ. ރޯވި ދޯނީގެ ނަމަކީ "ކޭޕީއެސް 1" އެވެ.