23 Jul 2016, 13:05
އިންޑިއާގެ ފަސްވަނަ އަށް އެންމެ ބޮޑު އެއާލައިން، "ގޯއެއާ" އިން ރާއްޖެއަށް ދަތުރުތައް ފަށަން ވިސްނަމުން ދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިންގެ އިސް ބޭފުޅަކު އިންޑިއާގެ ބައެއް ނޫސްތަކަށް ވިދާޅުވެފައި ވަނީ ރާއްޖެއަށް ދަތުރުތައް ފަށަން ވިސްނަމުން ދަނީ އެ އެއާލައިން ދަތުރުކުރާ ގައުމުތައް އިތުރުކުރުމަށް ހިންގަމުން އަންނަ ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.
އިންޑިއާގެ މުމްބާއީގައި އޮޕަރޭޓްކުރާ ގޯއެއާ އިން ވަނީ ރާއްޖެ ހިމެނޭގޮތަށް ކުވައިތު، ސައުދީ އަރަބިއާ، އޮމާން، ގަތަރު އަދި ޔޫއޭއީ އާއި ޗައިނާ އަދި ތައިލެންޑަށް ދަތުރުތައް ފެށުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން އިންޑިއާގެ އެއްވެސް އެއާލައިނަކުން ޑައިރެކްޓް ފްލައިޓް ނުބާއްވާ ބައެއް ގައުމުތައް ކަމަށްވާ އީރާން، ތުރުކީ، އަޒަރްބައިޖަން އަދި ކަޒަކިސްތާން ފަދަ ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދައިގެ ކަންކަން މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް އެ އެއާލައިންގެ އިސް ބޭފުޅަކު ވިދާޅުވެފައިވެ އެވެ.
ގޯއެއާގެ ދަތުރުތައް ގިނަ މަންޒިލް ތަކަކަށް ކުރަމުން އަންނަ އިރު އެ އެއާލައިންގައި 20 އެއާކްރަފްޓް މިހާރު ބޭނުންކުރަމުން އާދެއެވެ.