24 May 2011, 09:39
އަލިރަސްގެފާނު ޒިޔާރަތް ހުންނަ މަގުގައި ހުރި ނޮވެލްޓީ ޕްރެސްގެ އިމާރާތުގެ އެއާކޯންޑިޝަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހުރި އެއާކޮންޑިޝަނެއްގައި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެތަނުގެ ތެރޭގައި ހުރި އެހެން އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އެއެއާކޮންޑިޝަން ހުރި ތަނުގެ ތެރޭގައި އަދިވެސް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރުމުގެ ސަބަބުން އެތަނުގައި އެމްއެންޑީއެފްގެ ފަޔާ ޓީމް އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ނަމަވެސް މިހާރު ވަނީ އެއާކޯންގައި ރޯވި އަލިފާން ނިއްވާލައިފައި ކަމަށެވެ.