23 Jul 2016, 09:22
ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ ފަނަލްގައި ޕޮލިސް ކުލަބާ ދެކޮޅަށް ނިކުންނަ ޓީމަކަށް މޯލްޑިވިއަން ރެކްރިއޭސަން ކުލަބު ވެއްޖެއެވެ.
މޯލްޑިވިއަން އަށް ފައިނަލްގެ ފަހު ޖާގަ ލިބުނީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗު ފަސޭހަ ކަމާއި އެކު ސީދާ ތިން ސެޓުން ކުލަބް ތްރީ ސްޓާރގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެ މެޗުގެ ސެޓްތައް މޯލްޑިވިއަން އިން ކާމިޔާބުކުރީ ފުރަތަމަ ސެޓް 25-13، ދެވަނަ ސެޓް 25-10، އަދި ފަހު ސެޓް 25-12 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އައިޝަތު ސާޖިދާއެވެ.
އެ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޕޮލިސް ކުލަބުން ހޯދީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ޖުމްލަ 12 ޕޮއިންޓާއި އެކުއެވެ.
ޕޮލިހާއި މޯލްޑިވިއަން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ.