22 Jul 2016, 22:37
މިއުނިކް (ޖުލައި 22): ޖަރުމަނުގެ މިއުނިކްގެ ޝޮޕިން މޯލެއްގައި ބަޑިން ހަމަލާދީ ބަޔަކު މަރާލައިފައިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ބުނެފި އެވެ.
ފުލުހުން ވަނީ މިއުނިކުގެ އޮލިމްޕިއާ މޯލް ތެރޭގައި ބަޑި ޖަހާފައިވާ ކަމާ އެކަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަން ޔަގީންކޮށް ދީފަ ކަމަށް ރޮއިޓާސްގައިވެ އެވެ. ޖަރުމަނުގެ އެއް ނޫހުގައިވާ ގޮތުން މަރުވި މީހުންގެ އަދަދު 15އަށް އަރަ އެވެ. ނަމަވެސް ޖަރުމަނުގެ އެންޓީވީން ރިޕޯޓު ކުރި ގޮތުގައި މަރުވި މީހުންގެ އަދަދު 10 އެކެވެ.
ފުލުހުންނާ ހަވާލާދީ ޖަރުމަނުގެ މީޑީއާއިން ބުނާ ގޮތުގައި ބަޑިން ހަމަލާ ދިން މީހާ ވަނީ ފިލާފަ އެވެ. އަދި ފުލުހުން ދަނީ ޝޮޕިން މޯލް ހުންނަ ސަރަހައްދު ބަންދު ކުރުމަށް ފަހު، ހަމަލާ ދިން މީހާ ހޯދުމަށް އޮޕަރޭޝަނެއް ފަށާފަ އެވެ.
ޖަރުމަނުގެ ޝޮޕިން މޯލެއްގައި މިއަދު އެހަމަލާ ދީފައި ވަނީ ޖަރުމަނުގެ ރޭލެއްގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ކޯރާޑިއަކުން ޕަސިންޖަރުންނަށް ހަމަލާދިންތާ ހަފްތާއެއް ނުވަނީސް އެވެ. (އާރުޓީ)