އިރުފުށި ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، މިއަދު ހަވީރު 5:30ގައި އިރުފުށިން ދެ ފަތުރުވެރިއަކު މަރުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަރުވީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ އަވަށްޓެރި އިންޑިއާގެ ދެމަފިރިން ނެވެ.