ދިއްލީ (ޖުލައި22) -- ނަވާވީސް މީހުންނާ އެކު ބޭ އޮފް ބެންގޯލުން ދަތުރު ކުރަމުން ދިޔަ އިންޑިއަން އެއާފޯސްގެ މަތިންދާ ބޯޓެއް މިއަދު ގެއްލިއްޖެ އެވެ.

އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ރަޝިޔާގައި އުފައްދާފައިވާ އޭއެން 32 މަރުކާގެ މަތިންދާ ބޯޓު، ޗެންނާއީ އިން ފުރައިގެން އަންޑަމަން އާއި ނިކަރޯބާގެ ވެރި ރަށް، ޕޯޓް ބްލެއާ އަށް ދަތުރުކުރަނިކޮށް ރާޑަރުން ގެއްލިފައިވާ ކަމަށެވެ.

އިންޑިއާގެ ނޭވީގެ ތަރުޖަމާނު ވިދާޅުވީ ސާވޭލަންސު މަތިންދާ ބޯޓުތަކާއި ކަނޑު އުޅަނދު ފަހަރު ބޯޓު ހޯދުމަށް ނެރެފައިވާ ކަމަށެވެ. އެ ބޯޓު ދަތުރު ކުރީ، އަންޑަމަން ސަރަހައްދުގައިވާ އިންޑިއާގެ މިލިޓަޜީ ބޭހަކަށް މީހުން ގޮވައިގެންނެވެ.