03 May 2010, 10:19
14:30
ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ ޑރ. ސީނާ މޫސާގެ އިސްތިއުފާ ޤަބޫލްކުރާނީ އެއް މަސް ދުވަސް ފަހުން ކަމަށް ސިވިސް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދެވި ޑރ. ޝީނާ އެމަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން އިއްޔެ ވަނީ ހުށަހަޅުއްވައިފަ އެވެ.
މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުންގެ މެންބަރ މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޑރ. ސީނާގެ އިސްތިއުފާ ޤަބޫލްކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅާ އަދާކުރައްވަމުން ގެންދެވީ ވަރަށް ޒިންމާދާރު މަޤާމެއް ކަމަށްވާތީ، ޑރ. ސީނާ މަޤާމުން ވަކިކުރެވޭނީ ހެލްތް މިނިސްޓްރީގައި އެބޭފުޅާ އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތައް އެއް މަސް ވަންދެން އަދާކުރެއްވުމަށްފަހު ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ޑރ. ސީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ.