22 Jul 2016, 13:48
ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން ރެކްރިއޭޝަން ކުލަބް ބަލިކިށް ޕޮލިސް ކްލަބުން ހޯދައިފި އެވެ.
ލީގް އުސޫލުން ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓެން މޯލްޑިވިއަން ބަލިކޮށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
އެ މެޗުގެ ފުރަތަމަ ސެޓް 23-25 އިން ޕޮލިސް ކުލަބު ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް އެ ޓީމުން ހޯދީ 7-25 އިންނެވެ. ފަހު ސެޓް ޕޮލިހުން ގެންދިޔައީ 19-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ.
ރޭގެ މެޗާއެކު ގްރޫޕް ސްޓޭޖް ނިމިފައިވާއިރު އެއް ވަނާގައި 12 ޕޮއިންޓާއެކު ޕޮލިސް އޮތް އިރު ދެ ވަނާގައި އޮތް މޯލްޑިވިއަންއަށް ލިބެނީ ނުވަ ޕޮއިންޓެވެ. ކުލަބު ތްރީ ސްޓާއަށް އަށް ހަތަރު ވަނަ ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ސެމީގެ ފުރުސަތު ނުލިބި ކެޓް އައިލެންޑް އޯޝަން ކުލަބަށް ތިން ޕޮއިންޓް ލިބުނު އިރު ސްޕޯޓްސް ކުލަބު ހޯކްސްއަށް ޕޮއިންޓެއް ނުލިބެއެވެ.
މިރޭ ކުޅޭ ސެމީ ފައިނަލް ފަހަ މެޗުގައި ވާދަ ކުރާނީ މޯލްޑިވިއަން އާއި ކްލަބް ތުރީ ސްޓާ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭ މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ.