21 Jul 2016, 13:36
ބަލިކަށިވެފައިވާ ނިއުރޭޑިއަންޓްގެ ކުރި އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި އެ ކުލަބުން ކޮސޯވޯގެ ފޯވާޑެއް ގެނެސްފި އެވެ.
މިދިޔަ ހަފްތާ އިން ފެށިގެން ވެސް ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އައި އަޑިސް ސާލީހީ(28) މީގެ ކުރިން ކުޅެމުން އައީ މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަންގެ ޑެސިޗައަށެވެ. އޭނާ ނިއު އަށް ސޮއިކުރީ ރޭ އެކުލަބުން ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.
މިދިޔަ ހަތަރު އަހަރުގެ ލީގް ޗެމްޕިއަންކަން ހޯދި ނިއު އިން މި އަހަރުގެ ސީޒަނާ ކުރިމަތިލިއިރު އެ ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމް ދޫކޮށްލައިފަ އެވެ. އަދި އެ ޓީމްގެ އެންމެ ބަލިކަށި ޑިޕާޓްމަންޓަކަށް ވެސް ފާހަގަވެފައި ވަނީ ފޯވާޑް ލައިންނެވެ.
ނިއުގެ ފޯވާޑަލައިން ބަލިކަށިވެފައިވާތީވެ އެ ޓީމްގެ ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ވަނީ ލީގްގެ ފުރަތަމަ ބުރުގެ މެޗުތަކަށް ފަހު އެޓީމަށް ކޮންމެހެން ވެސް ފޯވާޑެއް ބޭނުންވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
ލީގުގައި ނިއު ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެ ޓީމް މިވަގުތު 10 ޕޮއިންޓް ލިބިގެން ތާވަލުގެ ފުލުން ތިން ވަނައިގަ އެވެ.
އެހްނެ ކަމުން މިއަހަރުގެ ފުރަތަމަ ޓްރާންސްފާގައި ނިއު އިން ގެނައި ފޯވާޑްއާ އެކު އެ ޓީމް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ނިކުންނާނެއެވެ.