މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އަތޮޅުތެރޭގައި ހުޅުވި ތިން ވަނަ ބުރާންޗް ހދ. ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

އެމްއައިބީގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު ކުޅުދުއްފުށިގައި ހުޅުވި އެ ކުންފުނީގެ ބްރާންޗުން އެ ބޭންކުގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

އެބުރާންޗުގެ އިތުރުން އައްޑު އަތޮޅުގައްޔާއި ގދ. ތިނަދޫގައި އެމްއައިބީގެ ބުރާންޗުތައް ހުރެއެވެ.

އިސްލާމިކް ބެންކުން ދަނީ އެ ކުންފުނީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.