23:03 ދުއާ އަށް ފަހު، ޖަލްސާ ނިންމައިލައިފި.

22:56 އަބްދުއްރަހީމްއަށް މަރުހަބާ ވިދާޅުވެ، ޅެން ބައިތެއް ވިދާޅުވުމަށްފަހު ރައީސް ސްޓޭޖުން ފައިބައިވަޑައިގެންފި.

22:55 ރައީސް ނަޝީދުގެ ވާހަކަފުޅު ފައްޓަވައިފި.

22:51 އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބޭ ދުވަހަކީ [39 މެމްބަރުން ހަމަވާ ދުވަހަކީ] މިނިވަން މުއައްސަސާތަކާ ފަނޑިޔާރުން "ވިސްނަން" ޖެހޭނެ ދުވަހެއް ކަމަށް މޫސަ ވިދާޅުވި.

22:50 ސަރުކާރުން ބޭނުންވި ގޮތާ ހިލާފަށް މަޖިލީހުން ނިންމައިފައިވާ ތަފާތު ނިންމުންތައް ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމުގެ އިންޒާރު މޫސަ ދެއްވަމުން އެބަދޭ. އެގޮތުން ސަރުކާރުން ބޭނުންވާ ގޮތަށް މާލިއްޔަތާ ބެހޭ ގާނޫނު އަނބުރާ ގެންނާނެ ކަމަށާއި ލާމަރުކަޒީ އުސޫލުން ހިންގުމަށް ހަތް ސަރަހައްދަކަށް ރާއްޖެ ބަހާލާނެ ކަމަށް ވެސް ވިދާޅުވެއްޖެ.

22:44 މައުމޫނަށް ދޭ ހުރިހާ އިނާޔަތެއް ހުއްޓުވާލާނެ ކަމަށް މޫސަ ވިދާޅުވި.

22:41 ރީކޯ މޫސަ ވާހަކަދައްކަވަނީ: ސަރުކާރުގެ ވަޒީރަކު ދެން ވަކުކުރާކަށް ލާހިކައެއް ނޫން.. މިފަހަރު ދާނީ ގަވަރުނަރޭ. މިނިސްޓަރުން ތިއްވަބާނީ އަތްޖަހާށޭ.

22:30 އެމްޑީޕީ ދޫކޮށްފައި އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ގޮންޖައްސަވައިފި.

22:26 އެމްޑީޕީގައި ހުންނެވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅުއްވާ ކަމަށް އިއުލާންކުރައްވައިފައިފާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު ޝިފާގު މުފީދުވެސް ވާހަކަދައްކަވައިފި.

22:06 "އަޅުގަނޑު މިހިރީ ހިތާ ރޫހުން އެމްޑީޕީއާ ގުޅިފައި" އަބްދުއްރަހީމް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވި. އެއްވެސް މީހަކަށް ދެން އެނިންމުން ބަދަލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި.

22:06 އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވައިފި. އެބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަދަދު ވަނީ 34ށް އަރައިފަ.

22:05 އަބްދުއް ރަހީމް ޖަލްސާއަށް ވަޑައިގެންފި.

21:58 އެމްޑީޕީއަށް މިރޭ ލިބޭ މެޖޯރިޓީއާއެކު މަޖިލީހުގެ 11 ވަރަކަށް ކޮމިޓީގެ އަޣުލައްބިއްޔަތު ލިބޭނެ ކަމަށް ކާނަލު ވިދާޅުވި. މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު ވެސް ލިބޭނެ ކަމަށް ވިދާޅުވި. ކާނަލް ވިދާޅުވީ، ސަރުކާރަށް އުނދަގޫ ކުރުމަށް ހަދައިފަ ހުރި ހުރިހާ ގާނޫނުތަކެއް ކޮޅާލާނެކަމަށް. އެގޮތުން މާލިއްޔަތު ގާނޫނުވެސް އަލުން އިސްލާހު ކުރާނެ ކަން ފާހަގަކުރެއްވި.

21:55 ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު )ކާނަލް( ވާހަކަދައްކަވަނީ. މިރޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސަ މަނިކު މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވެގެންދާނެ ކަމަށް ކާނަލް ވިދާޅުވި.

21:42 އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވާހަކަދައްކަވަނީ. ހިދުމަތް ހޯދުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކޮށްދޭން ޕާޓީން މަސައްކަތްކުރާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ނުވަތަ އޮފީހެއް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި.

21:34 "ވައުދުތައް މެކުހަށް" މި ނަމުގައި އެމްޑީޕީން ބާއްވާ ޖަލްސާ ދެންމެ ފަށައިފި އެވެ. ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިރޭގެ ޖަލްސާގައި ޑީއާރްޕީން އެންމެ ފަހުން ވަކިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ލައިވް ބްލޮގް އަޕްޑޭޓް: ހައްވާ ލުބްނާ