20 Jul 2016, 19:28
ފުލުހުންގެ އިސްވެރިން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާން ދެކޮޅު ހެދުމުގެ ސަބަބުން ވަޒީފާގެ ފިޔަވަޅު އެޅޭ ފުލުހުންގެ ވަޒީފާތައް، އިދިކޮޅު އިއްތިހާދު ނުވަތަ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ސަރުކާރެއްގައި އިޔާދަ ކޮށްދޭން އެ އިއްތިހާދުގެ ޝެޑޯ ކެބިނެޓުން ނިންމައިފި އެވެ.
އިދިކޮޅު އިއްތިހާދުގެ ފަރާތުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ނުވަތަ ހިފެހެއްޓޭ ގޮތަށް ފުލުހުންނާ ސިފައިންނަށް އެ ފަރާތްތަކުގެ އިސްވެރިން ކުރާ އަމުރަށް ތަބާނުވެއްޖެ ނަމަ ވަޒީފާ ގެއްލި، ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރުން ނުވަތަ މަގާމުން ޑީމޯޓު ކޮށްފި ނަމަ، އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އެފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
"[ވަޒީފާގެ ފިޔަވަޅު އެޅޭ] ކޮންމެ ފަރާތަކަށް އަޅުގަނޑުމެންގެ ސަރުކާރެއް ގާއިމުކުރުމަށްފަހު އެފަރާތްތަކަށް ގެއްލިގެންދާ ހައްގު އިޔާދަ ކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން ބޭނުންވަނީ. ވަޒީފާއިން ވަކިކުރެވޭ ކޮންމެ ފަރާތެއްގެ ވަޒީފާ އަނބުރައި އިޔާދަ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައިރު ގާނޫނީ އަމުރަކަށް ތަބާ ވާން ނުޖެހޭނެކަން ގާނޫނު އަސާސީގައި ބުނެފައިވާ އިރު، ގާނޫނު އަސާސީގައިވާ ގޮތަށް ޣައިރު ގާނޫނީ އަމުރަކަށް ތަބާ ނުވެގެން ވަޒީފާގެ ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގާނޫނު އަސާސީން ލާޒިމުކޮށްފައިވާ ކަމެއް އެއީ ފުލުހުންނާ ސިފައިންނާ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް، ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ،"
އިއްތިހާދުން މިހެން ބުނެފައިވާ އިރު، އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށް އިއްތިހާދަށް ހުރަސް އެޅި ވަކިވަކި ފުލުހުންގެ މައްސަލަތައް ވަނީ
އެހެން ނަމަވެސް އެއަށް ރައްދު ދެމުން ފުލުސް އޮފީހުން ބުނެފައިވަނީ ފުލުހުން ޑިއުޓީގައި ކުރާ މަސައްކަތް ބަލައި މޮނީޓާ ކުރެވޭ ނިޒާމެއް ފުލުސް އޮފީހުގައި ގާއިމު ކޮށްފައިވާނެ ކަމަށާއި އެ ނިޒާމުގެ ދަށުން ފުލުހުން ކުރަންވީ މަސައްކަތް ކަނޑައެޅި މަސައްކަތް ހަވާލު ކުރުމުގެ އިތުރުން ކަނޑައަޅާފައިވާ ހައިރާކީގެ ތެރެއިން މަސައްކަތްތައް މޮނީޓާ ކުރެވޭ ކަމަށެވެ.
އެހެންކަމުން ޕޮލިސް ސާވިސްއިން ހަވާލުކޮށްގެން ފުލުހުން ކުރާ މަސައްކަތަކީ ފުލުހަކު ފަރުދީ ހައިސިއްޔަތުން ވަކިވަކިން ކުރާ މަސައްކަތެއް ނޫން ކަމަށާއި، ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ކަމަށް ފުލުހުން ބުންޏެވެ.