20 Jul 2016, 14:19
ރާޅުގަނޑު ސަރަހައްދަށް އުދަ އަރައި ތަސްކަލޫސާއާ ދިމާލުން އެއްގަމު ދަތުރު ފަތުރު ކުރުމަށް ދަތިވެއްޖެ އެވެ.
ޓަސްކަލޫސާ ދިމާލަށް އުދައެރުމުގެ ސަބަބުން އެ ދިމާލުން ބޮޑު ތަކުރުފާނު މަގަށް ވަނީ ގިނައަދަދަކަށް އަކިރި އަރާފަ އެވެ. އަދި ލޮނުގެ އަސަރު މަގުމައްޗަށް ވަނީކޮށްފަ އެވެ. އެހެންކަމުން އުޅަނދު ދުއްވަން ވަނީ ދަތިތަކަކާ ކުރި މަތިވެފައެވެ.
ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެެރުން އެކަށީގެންވާ ކަމަށާއި ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ހުވަދޫ ކަނޑުގެ ބާނިތައް މިދުވަސްވަރު ބޮޑުވުމުން އިއްޔެ ވަނީ ގދ. ވާދޫ އަދި ގދ. ގައްދުއަށް ވަނީ އުދައަރާފައެވެ.

މެޓް އޮފީހުން ބުނަނީ ހުޅަނގު މޫސުމާ ދިމާކޮށް އާންމުކޮށް ވެސް ރަށްރަށް އުދަ އަރަމުންދާ ކަމަށެވެ. އަދު ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށް އުދަ އަރަނީ ހުވަދޫ ކަނޑުގެ ބާނިތައް ބޮޑުވެގެން ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނަނީ ހުޅަނގު މޫސުމާ ދިމާކޮށް އާންމުކޮށް ވެސް ރަށްރަށް އުދަ އަރަމުންދާ ކަމަށެވެ.