20 Jul 2016, 13:58
ޔުއެންޓަސްގެ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާ ހޯދުމަށް މެންޗަސްޓާ ޔުނައިޓެޑުން ހުށަހެޅި އަގު ކުޑަކަމުން އެ ބިޑް އަނބުރާ ފޮނުވާލިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް އާއި ޔުއެންޓަސްގެ ދެ ޑިރިކްޓަރުންނާއި ވަނީ ޕޮގްބާގެ ޓްރާންސްފާއި މެދު އެއްބަސްވުމަކަށް އައިސް އިއްޔެގެ ވަގުތެއްގައި 101 މިލިއަން ޔޫރޯގެ ބިޑެއް ހުށާހަޅާފައެވެ.
ނަމަވެސް ޔުނައިޓެޑުން 2012 ވަނަ އަހަރު ފްރީ ޓްރާންސްފާއެއްގެ ދަށުން ޔުއެންޓަސް އަށް ބަދަލުވި ޕޮގްބާގެ ބަދަލުގައި އެ ކުލަބުން މަދުވެގެން 120 މިލިއަން ޔޫރޯ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޕްގްބާ ޔުނައުޓެޑަށް ބަދަލުވުމާ އެކު އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ ދިނުމަށް ވެސް ޔުނައިޓެޑުން އެއްބަސްވެފައިވެ އެވެ.
ޔުނައިޓެޑްގެ އިތުރުން ދުނިޔޭގެ ބޮޑެތި އެހެން ގިނަ ކުލަބުތަކަކުން ވެސް އަންނަނީ ޕޮގްބާ ހޯދުމަށް މަސަތްކަތް ކުރަމުންނެވެ. ނަމަވެސް ޔުނައިޓެޑް އާއި އެކު އެންމެ ވާދަވެރިކޮށް ޕޮގްބާ ހޯދުމަށް މަސަތްކަތް ކުރި ރެއާލް މެޑްރިޑުން ވަނީ އެ ރޭހުން ވަކިވެފައެވެ.
"ޕޮގްބާ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް. ކޮންމެ ކުލަބަކުން ވެސް އޭނާ ބޭނުންވާނެ. ނަމަވެސް މިހާރު އޭނާ ހުރީ ޔުއެންޓަސް ގައި ހަމައެއާއެކު އަހަރެމެންގެ ސްކޮޑް ވެސް ވަރަށް ވަރުގަދަ،" ދިދާން ބުންޏެވެ.
އެހެން ކަމުން ކުރިއަށް އޮތް ސީޒަނުގައި ޔުއެންޓަސް ނޫން އެހެން ކުލަބަކަށް ދާން ބޭނުންވާކަން ހާމަކޮށްފައިވާ ޕޮގްބާ ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުންނެވެ.