ރައްޔިތުންގެ މަޖިލީހުގެ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ ވަނަ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލު ކުރުމަށް ފަހު މާދަމާއަށް ފަސްކޮށްފި އެވެ.

މިއަދަށް 1:00 އަށް ތާވަލުކުރި އެ އަޑުއެހުން ކެންސަލްކޮށް ހުކުމް ކުރުން މާދަމާއަށް ފަސްކުރީ ކީއްވެކަމެއް ނޭނގެ އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކޮށްގެން މަހުލޫފުގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަތަރު މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މަހުލޫފު މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނުމަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑު ޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލާގައި ކޯޓުން ވަނީ ދިފާއުގައި މަހުލޫފުގެ ފަރާތުން ހުށަހެޅި ހެކިބަސް ނަގަން ޖެހޭ ކަމަށް ފެނިވަޑައި ނުގަންނަވާތީ އެ ހެކިންގެ ހެކިބަސް ނުނަގަން ނިންމާފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން އެއް ފުލުހަކު ވަނީ ދައުވާގައި ބުނެފައިވާ ގޮތަށް މަހުލޫފް ބެރިކޭޑު ފަޅާލި މަންޒަރު