03 May 2010, 10:19
14:30
ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބައެއް ތަކެތި ވެރިފަރާތް ނޭނގުމުގެ ސަބަބުން ހަވާލުކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ތަފާތު އެކި ގޮތްގޮތުން ވަގަށް ނަގައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުލުހުން މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައާއި ފުލުހުން ހިންގާފައިވާ އެކިއެކި އޮޕަރޭޝަންތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށެވެ. އެ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ކަރަންޓް ކީސް، ކަޓް އޯފް، ކަރަންޓް ބުރުމާ ފަދަ ތަކެތި ހިމެނޭ ކަމަށް ކަމަށް ފުލުހުން ބުނޭެ އެވެ.
ފުލުހުން ބުނީ ދާދިފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަރަންޓް ސާމާނު ތަކެއް ވެސް ވެރިފަރާތް ނޭނގުމުގެ ސަބަބުން އެ އެއްޗެހި ހަވާލުނުކުރެވިފައިވާ ކަމަށެވެ. އެގޮތަށް ވެރިފަރާތް ނޭގުމުގެ ސަބަބުން ހަވާލުނުކުރެވިފައިވާ އެއްޗެހީގެ ފޮޓޯ ފުލުހުން ވަނީ އާމުކޮށްފަ އެވެ. އަދި ފޮޓޯތަކުގައިވާ ތަކެތީގެ ތެރޭގައި ހިމެނޭފަދަ އެއްޗެއް ގެއްލިފައިވާނަމަ އެކަން ފުލުހުންނަށް ހުށަހަޅައިގެން އެތަކެއްޗަކީ އެފަރާތުގެ އެއްޗެއްތޯ ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.