19 Jul 2016, 16:09
ޓައޮޔުއާން (ޖުލައި 19): ޓައިވާންގެ ޓައޮޔުއާން ސިޓީގައި ދަތުރު ކުރަމުން ދިޔަ ބަހެއްގައި ރޯވުމުގެ ސަބަބުން ޗައިނާގެ 24 ފަތުރުވެރިންނާއި އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި ޗައިނާގެ ފަތުރުވެރިންގެ އިތުރުން މަރުވެފައި ވަނީ ބަސް ދުއްވަން ހުރި މީހާ އާއި ޓުއާ ގައިޑެވެ. އަދި ހާދިސާ ހިނގި ވަގުތު ބަސް ދަތުރު ކުރަމުން ދިޔައީ ޓައޮޔުއާންގެ އެއާޕޯޓަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބަހުގައި ރޯވި އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ފެތުރިފައި: އޮފިޝަލުން -- ފޮޓޯ: އީޕީއޭ
ޓައިވާނުގެ ސެންޓްރަލް ނިއުސް އޭޖެންސީ (ސީއެންއޭ) އިން ރިޕޯޓު ކުރި ގޮތުގައި ބަހުގައި ރޯވީ ބަސް ދަތުރު ކުރަމުން ދިޔަ މަގު ކައިރީގައި ހުރި ފެންސެެއްގައި ޖެހުނު ފަހުންނެވެ. ނަމަވެސް ބެރިއަރުގައި ބަސް ޖެހެން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވެ އެވެ.
ޓައިވާންގެ ފުލުހުން މިހާރު ވަނީ ބަހުގައި ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ހާދިސާ ތަހުގީގު ކުރަން ފަށާފަ އެވެ. (ބީބީސީ)