19 Jul 2016, 15:26
ވިޔަފާރި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރާ މައްސަލަ ވަރަށް ބޮޑުތަން ދަށް ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރާ މައްސަލަ ވަރަށް ބޮޑުތަން ދަށް ވެފައިވާއިރު އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެތަނަކަށް ގޮސް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން 10،000 ރުފިޔާއިން ޖޫރިމަނާ ކުރަމުން އަންނަ ކަމަށެވެ.
"ވަރަށް ބޮޑުތަން ދަށް، ވޭތުވެދިޔަ 12 މަސް ދުވަހަށް ބަލާއިރު ވަރަށް ދަށް،" ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ އެކަމަށް އަތޮޅުތެރޭގައި ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން އެހެން ބުނެފައިވާއިރު އެެނިހެން ވަގުތުތަކުގައި ހުއްދަ ނެތް ފަރާތްތަކުން ވިޔަފާރި ކުރުމަކީ އާންމުކަމެކެވެ.