ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް އީދު ކަމަށްވާ އައިޑިއާސް ކަޕްގެ ފުރަތަމަ މެޗުގައި މާދަމާ ތޫޅާދޫ އާއި ކޮޅުފުށި ނުކުންނާނެއެވެ.

ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާޔޭޔޭ އައިޑިއާސް ކަޕް 2016ގައި ޖުމުލަ 24 ޓީމު ވަނީ ހަ ގުރޫޕް އަކަށް ބަހާލާފައެވެ.

މުބާރާތުގެ ކުޅުން މާދަމާއިން ފެށިގެން އަންނަ މަހުގެ 24 އަށް ކުރިއަށްދާއިރު ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި ތިން ވަނައަށް ދާ ޓީމް ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.

ފުރަތަމަ ބުރު ނިމެން ދެން ކޮންމެ ދުވަހަކު ވެސް މެޗުތައް ކުރިއަށްގެންދާ އިރު މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ކޮޅުފުއްޓާއި ތުޅާދޫ ކޮޅޭ މެޗު އޮންނާނީ 9:00 ޖަހާއިރު އެވެ. އަދި ދެ ވަނަ މެޗުގައި މަޑަވެއްޔާއި ދެކޮޅަށް ރެއިންބޯ ނުކުންނާނީ 10:00 އިރުއެވެ.

އެ މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީ ވެލި ދަނޑުގައެވެ.