19 Jul 2016, 14:30
ވޮޝިންޓަން (ޖުލައި 19): ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން، މެލަނިއާ ޓްރަމްޕް ރިޕަބްލިކަން ޕާޓީގެ ގައުމީ ކޮންވެންޝަންގައި ދެއްވި ތަގުރީރުގެ ބައެއް ބައިތައް ވަނީ މިޝޭލް އޮބާމާގެ ތަގުރީރަކުން ކޮޕީ ކުރެއްވި ކަމަށް ތުހުމަތުކޮށްފި އެވެ.
ރޭ ފެށުނު ރިޕަބްލިކަން ޕާޓީގެ ގައުމީ ކޮންވެންޝަންގައި މެލަނިއާ ދެއްވި ތަގުރީރާއި 2008 ވަނަ އަހަރުގެ ޑިމޮކްރަޓިކް ކޮންވެންޝަންގައި މިޝޭލް ދެއްވި ތަގުރީރުގައި ވަރަށް އެއްގޮތް ކަންތައްތައް ހުރިކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މިޝޭލް ވަނީ އޭނާ އާއި ރައީސް އޮބާމާ ގަބޫލުކުރައްވާ ކަންތައްތަކުގެ ތެރޭގައި "ތިމާ ދިރިއުޅުމުގައި ބޭނުންވާ ކަންތަކަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމާއި ތިމާ ބުނާ ބަހަކީ ތިމާގެ ވައުދެއްކަމާއި ތިމާ ކުރަން ބުނާ ކަމެއް ކުރަން ޖެހޭނެ ކަން" ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މެލަނިއާގެ ތަގުރީރުގައި ވެސް އޭނާ ވަނީ އޭނާގެ މައިންބަފައިން ދަސްކޮށްދެއްވާފައިވާ ހަމަތައް ކަމަށް ވިދާޅުވެ ހަމަ އެބަސްތަކުން އެހަމަތައް ސިފަކޮށްދެއްވާފަ އެވެ.
މީގެ އިތުރުން މިޝޭލް ވަނީ ކުރިއަށް އޮތް ޖީލުތަކަށް އެފަދަ ހަމަތައް ދަސްކޮށްދިނުމާއި އެކުދިން ބޮޑު ހުވަފެންތައް ދެކުމާއި އެހުވަފެންތަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މެލަނިއާގެ ތަގުރީރުގައި އެވާހަކަފުޅު ގާތްގަނޑަކަށް އެއްގޮތަކަށް ގެންނަވާފައިވެ އެވެ.
މެލާނިއާ ރޭ ދެއްވި ތަގުރީރަކީ ޓްރަމްޕްގެ ކެމްޕެއިނެއްގައި އޭނާ ދެއްވި ފުރަތަމަ ތަގުރީރެވެ. (ގާޑިއަން)
This has to be one of the most remarkable videos ever. Wow “@mikehearn: So that's pretty blatant, right?pic.twitter.com/65sT9W7FmO”
— Ben Winston (@benwinston)July 19, 2016